އަތޮޅުތައް

ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކުރުމުގެ ރަސްމިއްޔާތު


ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ކެޑޭޓުން ހުވާކޮށް ހަތިޔާރު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ ޖަލާލުއްދީން ސްކޫލްގެ ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި 52 ކެޑޭޓުން ވަނީ ހުވާކޮށްފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ކެޑޭޓް ކޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކާނަލް އަހުމަދު އިޝާންއެވެ. ކެޑޭޓުންނަށް ހުވާ ލައިދެއްވީ ކުޅުދުއްފުށީ ކޯޓްގެ މެޖިސްޓްރޭޓް އަލީ އަދާމްއެވެ.ޖަލާލުއްދީން ސްކޫލްގެ ކެޑޭޓުން ހުވާކޮށްފައިމިވަނީ 3 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.