އަތޮޅުތައް

މޯލްޑިވިއަންގެ ޓިކެޓް ރ.އަތޮޅުގެ 4 ރަށަކުން ދޫކުރަނީ


މޯލްޑިވިއަންގެ ޓިކެޓް ރ.އަތޮޅުގެ ހަތަރު ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަމުންދާކަމަށް އައިލޭންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.ރ.އަތޮޅު އިފުރު އެއަރޕޯޓްގެ އޮޕަރޭޝަންތައް ފެށިތާ މަހެއްވެފައިވާއިރު، މިހާތަނަށް މޯލްޑިއަންގެ ޓިކެޓް ރ.އަތޮޅުން ދޫކުރަމުންދަނީ ހަމައެކަނި އިފުރުންނެވެ.އައިލޭންޑް އޭވިއޭޝަނުން ބުނީ، ރ.އަތޮޅުގެ ބައެއް ރަށްތަކުން އެޖެންޓުން ކަނޑައެޅުމުގެ މަސައްކަތާއި އެޖެންޓުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރ. އަތޮޅުގެ ހަތަރު ރަށެއްގައި މޯލްޑިވިއަންގެ ޓިކެޓް އެޖެންޓުން ކަނޑައަޅާއިރު، އާބާދީ ބޮޑެތި ރަށްތަވެސް ބަލާނެކަން އައިލޭންޑް އޭވިއޭޝަނުން ފާހަގަކުރެއެވެ.މިހާރު އެޖެންޓުން ކަނޑައަޅާފައިވާ ރަށްތަކުގެތެރޭގައި، އުނގޫފާރު، ދުވާފަރު އަދި އަލިފުށި ހިމެނޭކަމަށް އައިލޭންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.އިފުރުން މާލެއަށް ޓިކެޓެއް ވިއްކާ އެންމެ ހޮޔޮއަގަކީ 888 ރުފިޔާއެވެ. މިއީ މާލެއިން ރާއްޖޭގެ އެއަޕޯޓަކަށް މޯލްޑިއަން ފުލައިޓެއްގައި ދަތުރުކުރެވޭ ދެވަނައަށް އެންމެ ހެޔޮ އަގެވެ.