އަތޮޅުތައް

ށ. ފުނަދޫ މަގުހެދުމުގެ މަސައްކަތުގެ އީއައިއޭ ރިޕޯޓް ލިބިއްޖެ


މިލަދުންމަޑުލު އުތުރު ބުރީ ފުނަދޫ މަގު ހެދުމުގެ ޢަމަލީ މަސައްމަތް ފެށުމަށް
އެންވަޔަރަމަންޓް މިނިސްޓްރީން ހަދަންޖެހޭ އީއައިއޭ ރިޕޯޓް ލިބިފައިވާކަމަށް
ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. 



މިރިޕޯޓްގައިވާގޮތުން މިމަސައްކަތް ކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް
ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ. އަމަލީމަސައްކަތް ފެށުމަށް ބޭނުންވާ ބައެއް
ސާމާނާއެކު އެމްޓީސީސީން ހުސްވިމަހު ފަހުކޮޅު ފުނަދޫއަށް ގޮސްފައިވާއިރު
އަމަލީމަސައްކަތް ރަސްމީކޮށް ވަރަށް އަވަހަށް ފަށާނެކަމަށް އެމްޓީސީސީއާއި
ހަވާލާދީ ފުނަދޫ ކައުންސިލުން ހާމަކުރައްވައެވެ.



މިމަޝްރޫއުނިމޭއިރު މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސައިންބޯޑް
ހަރުކޮށް މަގުބައްތިޖެހުން ކުރިއަށްދާނެ ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.



ސަރުކާރުގެ
ބަޖެޓުން 46 މިލޔަނަށްވުރެ ގިނަރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫޢު
420 ދުވަހުގެ ތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.