ތަޢުލީމު

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަނުކޮށްފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން ޢައްޔަނުކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި ޢައްޔަނުކުރި ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންގެ ގޮތުގައި 3 ބޭފުޅަކު ވަނީ ޢައްޔަނުކޮށްފައެވެ. އެ 3 ބޭފުޅުންނަކީ:

- ޑެޕިއުޓީ ވައިސް ޗާންސެލަރ ރިސަރޗް އެންޑް އިނޮވޭޝަން، ޑރ. ދީބާ މޫސާ
- ޑެޕިއުޓީ ވައިސް ޗާންސެލަރ އެކެޑަމިކް، ޑރ. ސަޢުދުﷲ ޢަލީ
- ޑެޕިއުޓީ ވައިސް ޗާންސެލަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް، މުޙައްމަދު މާހިދު ޝަރީފް

2020 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އިންޓޭކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިހާރު ހުޅުވާލާފައިވާއިރު، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސްއާއި ހަމައަށް ތަފާތު 54 ކޯހަކަށް ކުރިމަތިލުމަށް އެ ޔުނިވަރސިޓީން ވަނީ ހުޅުވާލާފައެވެ. އަދި މި ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކަށް އަންނަމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުޞަތު ހުޅުވާލާފައިވާކަމަށް އިސްލާމީ ޔުނިވަރސިޓީން ބުނެއެވެ.