ވިޔަފާރި

ސަން ސިޔާމް ގްރޫޕުގެ 5ވަނަ ރިސޯޓު އަންނަ އަހަރު ހުޅުވަނީ


ސަން ސިޔާމް ރިސޯޓްސްގެ 5ވަނަ ރިސޯޓު، ސަން ސިޔާމް އިރު ފެން ރިސޯޓު އަންނައަހަރު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅުއެވެ. ނ.އަތޮޅުގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 54 ހެކްޓަރުގެ ބިމެއްގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.

ސަން ސިޔާމް ގްރޫޕުގެ އެހެނިހެން ރިސޯޓުތަކެކޭ އެއްގޮތަށް މިރިސޯޓުގައި ވެސް މަތީފަންތީގެ ބީޗް ވިލާތަކާއި ވޯޓާ ވިލާ އަދި ޕްރައިވެޓް ސޫޓްތައް ތަރައްޤީކޮށްފައިވެއެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ރެސްޓޯރެންޓާއި ބާތަކާއި އަދި ވޯލްޑް ކްލާސް ސްޕާއެއް ވެސް މި ރިސޯޓުގައި ހުންނާނެއެވެ.

އެހެނިހެން ޚިދުމަތްތަކަށް ބަލާއިރު ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޮޑު އޭރިއާއެއް ހަދާފައިވެއެވެ. އަދި މޫދު ކުޅިވަރުތަކަށް ވެސް ސްޕޯޓްސް ސެންޓަރއެއް މި ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ.

ސަން ސިޔާމް ގްރޫޕުގެ 4 ވަނަ ރިސޯޓު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއީ ސަން އަކުއާ އިރުވެލި ރިސޯޓެވެ.

ސަން ސިޔާމް ގްރޫޕުގެ ފަސްވަނަ ރިސޯޓު ހުޅޫވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު ސަން ސިޔާމް ގްރޫޕުން ދަނީ ސަން ސިޔާމް އިރުފުށި މޯލްޑިވްސް، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސް، ސަން އަކުއާ ވިލު ރީފް މޯލްޑިވްސް، ސަން އަކުއާ އިރުވެލި ރިސޯޓް އަދި ލަންކާގައި ސަން އަކުއާ ޕަސިކުޑާ ރިސޯތު ހިންގަމުންނެވެ.