ޚަބަރު

ޗައިނާ ދަތުރަކީ ފަހަށް ރައްކާކޮށްފައިން ދަތުރެއް - ވިޒޫ


ޗައިނާގެ ކޭންޕްއަކީ ރަށްކާކޮށްފައިން ކޭންޕްއެއްކަމަށް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންއިން ބުނެފިއެވެ.

މިއަންނަ މަހުގެ 1ވަނަ ދުވަހު ނޭޕާލްގައި ފަށާ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ޤައުމީ އަންހެން އަދި ފިރިހެން ޓީމް ވަނީ ޗައިނާގައި ކޭންޕް ކުރުމަށް ޗައިނާގައި މިހާރު ކޭމްޕްކޮށްފައެވެ. އަދި މީގެ ކުރިން ޤައުމީ އަންހެން ޓީމްވަނީ ތައިލެންޑް އަދި ޤައުމީ ފިރިހެން ޓީމްވަނީ ސިންގަޕޫރްގައި ކޭންޕްކޮށްފައެވެ. އަންނަ މަހު ނޭޕާލްގައި ފަށާ ސައުތް އޭޝިއަން ގޭމްސްގެ ކުރިން މިއީ މިދެ ޓީމްގެވެސް އެންމެ ފަހު ކޭންޕްއެވެ.

މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ ޗައިނާ ކޭންޕްއަކީ މާކުރިންވެސް ހަމަޖެހިފައިން ކޭންޕެއްކަމަށާއި ސައުތް އޭޝިއަން ގޭމްސްގެ ކުރިން އެންމެ ފަހު ކޭންޕްއަކަށް ހެދުމަށް މިކޭންޕް ބޭންދީކަމަށް ވިޝާމް ވިދާޅުވިއެވެ. ޗައިނާގެ ކޭންޕްއަކީ ޗައިނާގެ ސްޕޯޓްސް ކޯޕަރޭޝަންއެއްގެ އެހީގައި ކުރިއަށްގެންދާ ކޭންޕްއެއްކަމަށާއި މިކޭންޕްގައި ޤައުމީ އަންހެން އަދި ފިރިހެން ޓީމްވެސް ޗައިނާގައި 3 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޗައިނާގެ ކުލަބްތަށް، ޗައިނާގެ ޔުނިވަރސިޓީ އަދި ކޮލެޖް ތަކުގެ ޓީމްތަކާއި އެކުވެސް މެޗްތަށް ކުޅުމަށް ހަމަޖެހިފައިވެއެވެ.

10 ދުވަހުގެ ޗައިނާ ކޭންޕްއަކީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުންވެސް މިފަދަ ޤައުމަކަށް މުޅިން އަލަށް ކުރާ ކޭންޕްއެއްކަމަަށާއި މިއީ ކުޅުންތެރިންނަށް ތަފާތު ތަޖުރިބާއަކަށް ވާނެކަމަށެވެ. ޖެނެރަލް ސެކެޓްރީ ވިޝާމް ވިދާޅުވީ ޗައިނާއަކީ ދުނިޔޭގެ ބާސްކެޓްގައިވެސް ވަރުގަދަ ޤައުމެއްކަމަށާއި މިފަހަރު ކުޅުންތެރިންނަށް ތަފާތު މޮޅު ބާސްކެޓްއެއް ކުޅޭތަން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި މިއީ ޤައުމީ އަންހެން އަދި ފިރިހެން ޓީމްގެ ކުޅުންތެރިންނަށް ވަރަށް ގިނަ ކަންތަށްތަކެއް ދަސްވާނެ ކޭންޕްއެއްކަމަށްވެސް ވިޝާމް ވިދާޅުވިއެވެ. ޗައިނާގެ ފިނީގައި ތަމްރީން ހެދުމަށްފަހު ކުޅުންތެރިން ސައުތް އޭޝިއަން ގޭމްސްއަށް ނޭޕާލްއަށް ދާއިރު، ފިންޏަށް ވަރަށް ރަނގަޅަށް ހޭނޭނެކަމަށް ގަބޫލްކުރާކަމަށްވެސް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވިއެވެ.

“މިހާރު މެންޓަލީ އަޅުގަނޑުމެންގެ ކުޅުންތެރިން ތިބީ ވަރަށް ރަގަނޅަށް ތައްޔާރުވެފަ. ނަމަވެސް ޗައިނާގެ މިކޭންޕްއަކީ ނޭޕާލްގެ ފިނި ހޫނުމިނަަށް ހޭނުމަށް ލިބޭ ވަރަށް ރަގަނޅު ފުރުސަތެއް. ނޭޕާލްގެ ފިނީގައި މުބާރާތް ކުޅުމުގެ ކުރިން، ޗައިނާގެ ފިނީގައި މެޗްތަކެއް ކުޅެ، ތަމްރީން ހެދުމުން ކުޅުންތެރިންނަށްވެސް ގޭމްސްއަށް ތައްޔާރުވުމަށް ވަގުތު ލިބޭނެ. އެގޮތަށް ބަލާފަ އަޅުގަނޑުމެން ޗައިނާގެ އެންމެ އުސްއެއް ހިސާބު ކުންމިންގައި ކުޅުމަށް ނިންމީވެސް. ކޯޗުވެސް ވިސްނުން ހުރީވެސް މިގޮތަށް.” ވިޝާމް ވިދާޅުވިއެވެ.

މޯލްޑިވްސް ބާސްކެޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިޝާމް ރަޝީދު ވިދާޅުވީ ޤައުމީ އަންހެން އަދި ފިރިހެން ޓީމްތަށްވެސް މިހާރު ކުރިއެރުންތަށް ހޯދަމުން އަންނަކަމަށާއި މެޑަލްއެއް ހޯދުމަށް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭނެކަމަށެވެ.