ޚަބަރު

ބީޗް ފެސްޓިވަލުން ބައެއް ޓީމުތަކަށް ލިބުނު ފައިސާ ކެންސަރު ޖެހިފައިވާ މީހަކަށް ހަދިޔާ ކުރަނީ


ބާދުޝާހް، ބީޗު ސްފޯޓްސް ފެސްޓިވަލްގެ ސީނިއަރ ނެޓްބޯޅައިންނާއި ހޭންޑް ބޯޅަ ޗެމްޕިއަންކަން ހޯދި "ގޮއްޔެ" ޓީމަށް ލިބުނު ފައިސާގެ އިނާމު ކެންސަރަށް ފަރުވާ ހޯދަމުންގެންދާ، ކުޅުދުއްފުށީ/ރައްޔިތަކަށް ހަދިޔާކުރަން ނިންމައިފި އެވެ.

ނެޓްބޯޅަ އަދި ހޭންޑް ބޯޅައިގެ ސީނިއަރ ބައިން ޗެމްޕިއަންކަން ހޯދި "ގޮއްޔެ" އަށް ފައިސާގެ ގޮތުގައި ދިހަހާސް ރުފިޔާ ލިބިފައިވެ އެވެ.

ގޮއްޔެ ޓީމުގެ ފައިސާގެ އިނާމު ހަދިޔާކުރަން ނިންމިއިރު ބީޗް ފެސްޓިވަލުގެ ވޮލީބޯޅަ މުބާރާތުން ޗެމްޕިއަންކަން ހޯދި "ކުޅުދުއްފުށީ ސްޕޯޓްސް އަޕްޑޭޓްސް"ގެ ޓީމަށް ލިބުނު 5000ރ ގެ ފައިސާގެ އިނާމުވެސް ވަނީ އެމީހާއަށް ހަދިޔާކުރަން ނިންމާފަ އެވެ. މިކަން އެފަރާތުންވެސް ހާމަކޮށްފއި ވެއެވެ.

ލެއަށް ޖެހޭ ކެންސަރުގެ ބާވަތެއްކަމަށްވާ "އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ" ގެ ވޭން ތަހައްމަލުކުރަމުންދާ މިމީހާ ފަރުވާ ހޯދަމުންދަނީ އިންޑިޔާގައި އެވެ. އޭނައަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ދާދިފަހުން ހދ ނެއްލައިދޫގެ ކަނބަލުންތަކެއް އިސްނަގައިގެން ވަނީ ފަންޑްރައިޒް ހަރަކާތެއްކުރިއަށް ގެންގޮސްގެން 10000ވުރެ ގިނަ ރުފިޔާ ހޯދާފައެވެ.