ޚަބަރު

6 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނާއި އީ.އައި.އޭ ހެދުމަށް ޙަވާލުކޮށްފި


6 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނާއި އީ.އައި.އޭ ހެދުމަށް ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނަޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނަޝިޕް ޕްރިވެޓް ލިމިޓެޑްގެ މެނޭޖިންގ އިންޖިނިއަރ ޢަބްދުﷲ ނައުޝާދެއެވެ.

ޕްލޭނިންގް މިނިސްޓްރީގެ ޓުއީޓް

1.5 މިލިއަން ރުފިޔާގެ ޚަރަދެއް ހިނގާ މިޕްރޮޖެކްޓްގެ ދަށުން ޑިޒައިން އަދި އީ.އައި.އޭ ހެދުމަށް ހަމަޖެހިފައިވަނީ، ކ.ތުލުސްދޫ، ށ.މިލަންދޫ، ޅ.ކުރެންދޫ، ޅ.އޮޅުވެލިފުށި، ހއ.އުލިގަމު އަދި އދ.އޮމަދޫގައެވެ. މިޕްރޮޖެކްޓް ނިންމުމަށް ޑިވެލޮޕްމަންޓް ކޮލެބްރޭޓިވް ޕާރޓްނާޝިޕް ޕްރައިވެޓް ލިމިޓެޑް ޖޭވީ ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 126 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.