ތަޢުލީމު

ޑެންގީ ފެތުރެމުންދާތީ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި


ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރެމުންދާތީ، ސްކޫލްތަކުގެ ކިޔެވުން ބަންދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.ޑެންގީ ކޮންޓްލޯކް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޚާއްސަ ޓާސްކްފޯސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޑެންގީ ފެތުރެމުން ދިއުމާ ގުޅިގެން މާދަމާއިން ފެށިގެން، ޕްރީ ސްކޫލް ދަރިވަރުންނާއި، ޕްރައިމެރީ އަދި ސެކަންޑަރީ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން މެދު ކަނޑާލުމަށް ނިންމަވާފައިވާކަމަށެވެ. އެހެން ނަމަވެސް އޯލެވެލް ޓެސްޓް ކައިރިވެފައި ވުމާއެކު  ގްރޭޑް 10 ގެ ދަރިވަރުންގެ ކިޔެވުން ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.މި ބައްދަލުވުމުގައި ވާހަކަދައްވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގައި ޑެންގޫ ކޮންޓްލޯކް ކުރުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށާއި، މިކަމުގައި ފަރުދީ ފެންވަރުގައި ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި މިބައްޔަށް އާންމުން ހޭލުންތެރިކުރުމަށް އާންމުން ހޭލުންތެރިކުރުމަށް މީޑިއާގެ އެހީތެރިކަމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.