ޚަބަރު

ކުރިނބީ ސްކޫލްގެ "ރަންޔޫބިލް ރަން" ބާއްވައިފި


ކުރިނބީ ސްކޫލްގެ ރަންޔޫބިލް ރަންއަށް ވިބް ވިއްކައިގެން 7000 ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެސްކޫލުން ބުނެފިއެވެ.

ކުރިނބީ ސްކޫލްގެ ޕްރިންސިޕަލް ޙުސެއިން ނާޒިމް ވިދާޅުވީ، “ގޯލްޑަން ޖުބްލީ ރަން” ގެ ނަމުގައި ހަވީރު 16:30 ގައި ކުރިއަން ގެންދިޔަ މިޙަރަކާތަކީ ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޙަރަކާތެއްކަމަށެވެ.

ޙަރަކާތުގެ މައިގަނޑުގެ މަޤްޞަދަކީ އަންނަ އަހަރުގެ މާރޗް މަހު އެސްކޫލުން ބާއްވަން ތައްޔާރުވަމުން އަންނަ ރަންޔޫބީލް ޖަލްސާއަށް ފަންޑްރައިޒް ކުރުން ކަމަށެވެ. އެގޮތުން މިދުވުމުގެ ބައިވެރިންނަށް ކުރިނބީ ސްކޫލުން ވަނީ ވިބްސް ވިއްކާފައެވެ. ދަރިވަރުންނަށް 25 ރުފިޔާއަށް ވިބްސް ވިއްކާފައިވާއިރު، އާންމުންނަށާއި، ބެލެނިވެރިންގެ ވިބްސް ވިއްކީ 50 ރުފިޔާއަށެވެ. އަދި ނައިސް ވިބްސްގެ ނަމުގައި 100 ރުފިޔާއަށްވެސް ވިބްސް ވިއްކާފައިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. މި ދުވުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައި ވެއެވެ.

ކުރިނބީގެ ތަޢުލީމަށް 50 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު، ޕްރިންސިޕަލް ނާޡިމް ވިދާޅުވީ، 19 މެއި 2019 ފެށިގެން 18 މެއި 2020 އަށް އެސްކޫލުން ހިންގާ ހަރަކާތްތަކުގެ ކުރިއަށް ‘ރަންޔޫބީލް, ނުވަތަ ގޯލްޑަން ޖުބްލީ, މިލަފްޒު އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ.

ރަންޔޫބީލްގެ ގިނަ ޙަރަކާތްތަކެއް ކުރިނބީ ސްކޫލްގައި މީގެ ކުރިން ހިންގާފައި ޙަރަކާތްތަކުގެ ތެރޭގައި، ޤުރުއާން މުބާރާތް، މަދަހަ މުބާރާތް، ގޯލްޑެން ޖުބްލީ ސްޕޯޓްސް ފެސްޓިވަލް އަދި ގޯލްޑަން ޖުބްލީ އިންގްލިޝް ޑޭ ފަދަ ހަރަކާތްތައް ހިމެނެއެވެ.