ޚަބަރު

ފުރަތަމަ ބީޗް ގޭމްސް މާދަމާ ކުޅުދުއްފުށީގައި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސް މާދަމާ ފަށާނެއެވެ.

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުރިޔަށްދާނީ މާދަމާއިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މި ގޭމްސްގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް އެވެ. މީގެއިތުރުން ރާއްޖޭގައިފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

500އަށް ވުރެއް ގިނަ އެތްލީޓުން ބައިވެރިވާ މި ބީޗް ގޭމްސްގައި 107 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި ކުރިޔަށް މި ގޭމްސްގެ މެޗްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގެ މެޗްތައް ކުރިޔަށް ދާނީ ހެނދުނު 06:30 ފެށިގެން 09:00 އަށެވެ. އަދި މެންދުރުގެ ދަންފަޅި ކުރިޔަށްދާނީ ހަވީރު 03:30 ފެށިގެން އިރުއޮއްސި 06:00 އަށެވެ.