ޚަބަރު

ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވުމާބެހޭ މަޢުލޫމާތު ދީފި


ހދ. ހަނިމާދޫގައި ކަނޑުއުޅަނދު ދުއްވާ ފަރާތްތަކަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ހަނިމާދޫ ޕްލޮސްޓޭޝަނުން މައުލޫމާތު ދެއްވިގޮތުގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސައިކަލްފަދަ އަގުބޮޑެތި މުދާ އެ އުޅަނދު ތަކަށް އަރުވާނަމަ ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން އުޅަނދު ފަހަރުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މަސްތުވާ ތަކެއްޗާމެދު ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ފުލުހުންނަށް އަންގައި ދިނުމަށާއި. ކަނޑު މަގުން މަސްތުވާތަކެތި އުފުލާ މައްސަލަ ފާހަގަ ކުރެވިއްޖެނަމަ ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށާއި ، ގޮތް ނޭނގޭ ތަކެއްޗާ ޙަވާލު ނުވުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ކުރިއަށްއޮތީ ސްކޫލް ބަންދު ދުވަސްވަރުކަމުން ބޯޓުތަކުގައި މާލެ ދަތުރުކުރާ ފަރާތްތައް އިތުރުވާނެކަމަށާއި، އެގޮތުން މީހުން އުފުލުމުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އުޅަނދުފަހަރުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ވެސްނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމްގައި ހަނިމާދޫގައި ދުއްވާ ހުރިހާ ބޯޓުތަކުގެ ކެޕްޓަނުންނަށް މަޢުލޫމާތު ދީފައިވެއެވެ.