އަތޮޅުތައް

ދުވަސްތަކެއްގެ މެދުކެނދުމަކަށްފަހު އޭދަފުށީ މަގުހެދުމުގެ މަސައްކަތް އަލުން ފަށަައިފި


ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ބ.އޭދަފުށީ މަގުހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހުއްޓިފަ އޮންނަތާ މިހާރު އެއްއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އާސަރުކާރުން މިރަށުގެ މަގުތައް ހެދުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާސްޕޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީ އެމްޓީސީސީއާއެވެ.
އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މިމަސައްކަތް ނުފެށި ލަސްވީ މަގުތަކުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމުން ކަމަށް އެމްޓީސީސީން ބުނެއެވެ.
މިމަސައްކަތުގެ ދަށުން މިހާރު ކުރަމުންދާ މަސައްކަތަކީ މަގުތަކުގައި ހޮޅިވަޅުލުމުގެ މަސައްކަތެވެ.

މިމަޝްރުޢޫގެ ދަށުން އެރަށުގެ 3.3 (ތިނެއް ޕޮއިންޓު ތިނެއް ކިލޯމީޓަރު ) މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި މަގުތަކުގައި މަގުބައްތިޖެހުންވެސް ހިމެނެއެވެ.

މި މަޝްރޫޢުއަށް ސައުވީސް މިލިއަނަށްވުރެއް ގިނަ ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

އޭދަފުށީ މަގު ހެދުމުގެ މަސައްކަތް ކުރިން ކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމްއާރްޑީސީންނެވެ. ނަމަވެސް އެ ކުންފުނި ޕަބްލިކްސް ވޯކްސްއަށް އަލުން ބަދަލުކޮށް، ހައުސިންގ މިނިސްޓްރީގެދަށަށް ގެނައުމަށްފަހު އެރަށުގެ މަގު ހެދުމުގެ މަސައްކަތް އޮތީ ދިގު މުއްދަތަކަށް ހުއްޓިފައެވެ.

މަސައްކަތް ހުއްޓާލިއިރު ބައެއް މަގުތަކުގައި ކާނުހަދައި، މަގު އެއްވަރުކޮށް ތާރުއަޅަން ވަނީ ތައްޔާރުކޮށްފައެވެ.