އަތޮޅުތައް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑިޖިޓަލް އެކްސްރޭގެ ހިދުމަތް


އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންދޭ އެކްސްރޭގެ ހިދުމަތް ޑިޖިޓަލްކޮށްފިއެވެ.މި ބަދަލާއެކު ފިލްމުގެ ބަދަލުގައި، އެކްސްރޭނަގާ ކޮންމެ ބަލިމީހަކަށްވެސް ދޭނީ، ނަގާ ފޮޓޯތައް ހިމެނޭ ސީޑީއެއްކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.ނ.ރ.ބ ، ޅ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށް ސަރަހައްދީ ފެންވަރުގައި ހިންގާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތްދިނުމުގެ މިންގަނޑުތަކުން އެއް ނަންބަރުގެ ޚިދުމަތްދޭ މަރުކަޒެކެވެ.ތަފާތު ބާރަ ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ޚިދުމަތްދެމުންދާއިރު، ލެބޯޓަރީ ޓެސްޓްތަކުގެ އިތުރުން އެކްސްރޭގެ ޚިދުމަތަކީވެސް ހަށިގަނޑު އެތެރޭގެ ނިޒާމުތަކުގެ ހާލަތު ވަޒަންކުރުމަށް ބޭނުންކުރާ އެއް ވަސީލަތެވެ. މި ޚިދުމަތަށް ގެނައި ބަދަލާއެކު ނަތީޖާއަކަށް އިންތިޒާރުކުރަންޖެހޭ ވަގުތު މަދުވުމުގެ އިތުރުން އެކްސްރޭ ފަހަށް ރައްކާކުރުމަށް ބަލި މީހުންނަށް ފަސޭހަވާނެކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.