ވިޔަފާރި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަންނަ އަހަރު ގިނަ ހަރަކާތްތަކެއް


އަންނަ އަހަރު ރާއްޖެ އިޝްތިހާރުކުރުމަށް 45 ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފިއެވެ.

މީގެތެރޭގައި ބައިނަލްއަޤްވާމީ ފެއަރތަކާއި އެ ކުންފުނިން އިންތިޒާމްކޮށްގެން ބާއްވާ ރޯޑްޝޯތައް ހިމެނެއެވެ.
ބައިނަލްއަޤްވާމީ ފެއަރތަކުގެ ތެރޭގައި ހިމެނެނީ.
ސާޓޭ، އިންޑިއާ
މަޓްކާ، ފިންލޭންޑް
ފިތޫރު، ސްޕެއިން
ފެސްޕޯ، ސްވިޒަލެންޑް
ބިޒްނަސް މައިސް އެންޑް ލެޝަރ މާކެޓް (ބީއެލްޓީއެމް) އިންޑިއާ
ބްރައިޑް ޝޯ، ދުބާއީ
ބީއައިޓީ، އެފްރިކާ
އައިޓީބީ ބަރލިން
ރިއާދު ޓްރެވެލް ފެއަރ، ސައުދީ އަރަބިއާ
ޑަބްލިއުޓީއެމް އެފްރިކާ
އައިޓީބީ އިންޑިއާ
އަރަބިއަން ޓްރެވެލް މާކެޓް، ދުބާއީ
އައިޓީބީ ޗައިނާ
ކޮރެއަން ވެޑިންގ ޝޯ، ސައުތު ކޮރެއާ
ނާޓަސް، ސިންގަޕޯ
މާޓާ، މެލޭޝިއާ
ޑައިވިންގ ރިސޯޓް ޓްރެވެލް، ފިލިޕީންސް
މޮނަކޯ ޔޮޓް ޝޯ، މޮނަކޯ
ވީވާ ވެޑިންގ އެންޑް ލައިފްސްޓައިލް އެކްސްޕޯ، އިންޑިއާ
އައިއެފްޓީއެމް ޓޮޕް ރެސަރ، ފްރާންސް
ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް، އިޓަލީ
އައިޓީބީ އޭޝިއާ، ސިންގަޕޯ
ޓޫރިޒަމް އެކްސްޕޯ ޖަޕާން
ޗައިނާ އިންޓަނޭޝަނަލް ޓްރެވެލް މާރޓް
ޑަބްލިއުޓީއެމް ލަންޑަން
އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވެލް މާކެޓް، ފްރާންސް

ބައިނަލްއަޤްވާމީ ފެއަރތަކުގެ އިތުރުންވެސް އެމްއެމްޕީއާރުސީން ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯޑް ޝޯތައްވެސް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެތެރޭގައި އޭޝިޔާ، މެދުއިރުމަތި އަދި އީސްޓާން ޔޫރަޕްގެ އެކި ޤައުމުތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީން 2018 ވަނަ އަހަރުގެ ތެރޭގައި 17 ފެއަރއެއްގައި ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރުގެ ތެރޭގައި 20 ފެއަރއެއްގައި އެ ކުންފުނިން ވަނީ ރާއްޖެ ތަމްސީލްކޮށްފައެވެ.

މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އެމްއެމްޕީއާރުސީން ވަނީ އަމާޒުހިފާފައެވެ. އަދި މި އަމާޒަށް ވާސިލްވެވޭނެކަމަށް އެ ކުންފުނިން މިހާރު ވަނީ ބުނެފައެވެ.