މުނިފޫހިފިލުވުން

" ނައިވްސް އައުޓް" މިމަހު ސިނަމާތަކަށް


ޖޭމްސް ބޮންޑުގެ ގޮތުގައި މަޝްހޫރު ޑެނިއަލް ކްރެއިގެ ކްރައިމް ތްރިލާ " ނައިވްސް އައުޓް" މިމަހުގެ 29ގައި ސިނަމާތަކަށް އަންނާނެއެވެ.

ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަޝްހުރޫ ޖޭމްސް ބޮންޑްގެ އެންމެ ފަހުގެ ފިލްމްތަކުން ފެނިގެން ގޮސްފައިވާ ޑެނިއަލް ކްރައިގް ގެ މި ފިލްމްގެ ޑައިރެކްޓަރަކީ ރިއަން ޖޯންސް އެވެ.

ރިއަން ޖޯންސް ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ރިއަން އާއި ރާމް ބާރގުމެންއެވެ. ކްރެއިގް އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކްރިސް އިވާންސާއި އަނާ ޑި އާމަސްއާއި ޖެމީ ލީ އާއި ޓޯނީ ކޮލެޓް އާއި ޑޯން ޖޯންސަންގެ އިތުރުން މައިކަލް ޝެނޮންވެސް ފެނިގެންދާނެއެވެ.

40 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ އައިލާއެއްގެ ތެރޭގައި ހިނގާ މަރެއް ތަހުޤީގުކުރުމުގައި ދިމާވާ ކަންކަން ދައްކުވައިދޭ ފިލްމެއްކެވެ.