ޚަބަރު

ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި


ހދ ކުރިނބީ އިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ކުރިނބީ ކައުންސިލުން އާންމު ކޮށްފިއެވެ.

ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތްވެސް ވަނީ އާންމުކޮށްފައެވެ. ޖުމްލަ 55 ފަރާތަކުންވަނީ ގޯއްޗަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން ގޯތި ލިބިފައިވަނީ 32 ފަރާތަކަށެވެ. ގޯތި ލިބިފައިވަނީ 47 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ.

5 ފަރާތަކަށް 47 ޕޮއިންޓު ލިބިފައިވުމުން އެފަރާތް ތަކުގެ މެދުގައިވަނީ ގުރުއަތުލާފައެވެ. އެއީ ދޫކުރުމަށް ނިންމާފައިވަނީ 32 ގޯއްޗަށްވެފައި 48 ޕޮއިންޓުން މަތީގައި 30 ފަރާތަކުން އުޅޭތީވެ ބާކީ އޮތް 2 ގޯތި ދޭނެ ފަރާތެއް ކަނޑައެޅުމަށެވެ.