ޚަބަރު

އެމް7ގެ ފޮތް ލިސްޓު ޕްރޮމޯ ތިނަދޫއަށް!


ރާއްޖޭގެ މަޝްހޫރު ޕްރިންޓް ކުންފުނި ކަމަށްވާ އެމް7 ގެ "ބުކް ލިސްޓް ޕްރޮމޯ 2020" ގދ. ތިނަދޫއަށް ތައާރަފްކޮށްފިއެވެ.

އެކުންފުނީގެ ފޮތް ލިސްޓުތައް ތިނަދޫއިން ލިބޭ ގޮތް ހަމަޖައްސާފައިވަނީ އެ ރަށުގައި ހިންގާ "ޕްރިންޓެކް" އާއި އެމްއެ7 އާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ގޮތުންވެސް އެހީތެރިކަމާއި ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިންޓެކް އަކީ ތިނަދޫގައި ހިންގަމުން، ތަރައްގީވެ ކުރިއަރަމުން އަންނަ ޕްރިންޓް ޚިދުމަތްދޭ ކުންފުންޏެކެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް އެރަށު ޒަޔޯބީ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް7 ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ މީގެ ކުރިންވެސް ތިނަދޫގައި އެކުންފުނީގެ ޚިދުމަތްތައް ދޭން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން އެވަގުތު ވާނެ ގޮތެއް ފަހި ނުވުމާއެކު ޕްރިންޓެކުން އަނެއްކާވެސް ތިނަދޫގައި އެ ޚިދުމަތް ފެށުމަށް ނިންމީ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕްރިންޓް ދާއިރާއިން ރާއްޖޭގައި ލިބެން ހުރި ހުރިހާ ޚިދުމަތް ކައިރި މުސްތަގުބަލެއްގައި ތިނަދޫއިން ލިބިގެންދާނެ ކަމަށެވެ. އެގޮތުން އޮފްސެޓް ޕްރިންޓުވެސް އެރަށުން ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް7 ގެ ބުކްލިސްޓް ޕްރޮމޯ މިދިޔަ ހަފްތާ ތެރޭގައި ވަނީ ހދ. ކުޅުދުއްފުށީގައިވެސް ވަނީ ފަށާފައެވެ.

އެމް7 ގެ ފޮތް ސީޒަންގައި ފޮތް ލިސްޓް ނަގަން ބޭނުންވާ ފަރާތްތައް މިހާރު ވަނީ ނަން ނޯޓްކުރަން ފަށާފަ އެވެ. ފޮތް ލިސްޓް ވިއްކަން ފަށާނީ ނޮވެމްބަރު މަހު ސްކޫލް ބަންދުވުމުންނެވެ.

އެމް7 ޕްރިންޓަކީ ރާއްޖޭގެ ބައެއް ޓެކްސްޓް ފޮތްތައް ލިޔެ އުފައްދާ ޗާޕްޚާނާ އެވެ. މިފަހަރު ވެސް ފޮތްތައް ދޫކުރާނީ ރީތި ޕެކޭޖެއްގަ އެވެ.