ވިޔަފާރި

ބީއެމްއެލްގެ އޮފީސް ޢިމާރާތެއް ހަދަން ހުޅުމާލެއިން ބިން ދޫކޮށްފި


ހުޅުމާލޭގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް އެޗްޑީސީން ބިން ދޫކޮށްފިއެވެ.

މި މަޝްރޫޢަށް ބިން ދޫކުރުމަށް ބީއެމްއެލްއިން ވަނީ އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޓިމޮތީ ސޯޔަރއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙުމަދެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވަނީ ހުޅުމާލެ، ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކުގެ ދެކުނު ސަރަޙައްދުގައި އަމީން އެވެނިއުއާއި އިންވެގެން އޮތް ބިމެވެ.

ދެ ކުންފުނީގެ ދެމެދުވެފައިވާ އެއްބަސްވުމާއެކު 5 އަހަރު ތެރޭ މި ޢިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.