އަތޮޅުތައް

ރ.މަޑުއްވަރީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމިއްޖެ


ރ.މަޑުއްވަރީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްޓީސީސިން އެރަށުގައި ހިންގި މަޝްރޫޢު ނިންމާލައިފިއެވެ.މި މަޝްރޫޢު ނިމުނުއިރު، މަޑުއްވަރީގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް އަށްސަތޭކަ މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލަ ޖަހާފައިވާ ކަމަށް މަޑުއްވަރީ ކައުންސިލުން މައުލޫމާތުދެއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން މަޑުއްވަރީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް އޮފިސަރ އިސްމާއިލް އަޒްހަރު ވިދާޅުވީ، މަޑުއްވަރީއަކީ ޒަމާނުއްސުރެ ރަށްގިރުމުގެ މައްސަލަ ކުރިމަތުމުންދާ ރަށެއް ކަމަށާއި އެހެންނަމަވެސް ގިރާ ސަރަހައްދުގައި ބޮޑު ހިލަޖެހުމުން، ކުރިން ދިމާވި ރަށްގިރު މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށެވެ.މިދިޔަ އަހަރުގެ އޯގަސްޓް މަހު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރި މިމަޝްރޫޢަށް ތެއްތިރީސް މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް މަޑުއްވަރީ ކައުންސިލުން މައުލޫމާތު ދެއްވައެވެ.