ޚަބަރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ އައްޔަންކުރައްވައިފި


ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ޖަމީލް އައްޔަންކުރައްވަފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގެ ފަތްކޮޅު އޭނާއަށް ދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. މަޤާމުގެ ފަތްކޮޅު ފަތުހުﷲ އަށް ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގެ މަޤާށް ފަތުހުﷲ އައްޔަން ކުރެއްވުމަށް މަޖިލީހުނ ފާސްކޮށްފައިވަނީ 82 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ކޮމިޝަނަރ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޢައްޔަންކުރެއްވުމައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މީރާގެ ކުރީގެ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވި ފަތުހުﷲ ޖަމީލް ހިމެނޭހެން ދެ ބޭފުޅެއްގެ ނަމެވެ. ދިރާގުގައި ވަޒީފާ އަދާކުރައްވަމުންގެންދިޔަ ފަތުހުﷲ އަކީ މީރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ ޓެކްސްގެ ޤާނޫނަށް ގެނައި އިސްލާހާއެކު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ މަޤާމު ހުސްވުމާއި ގުޅިގެންނެވެ.