ޚަބަރު

ކުޅުދުއްފުށީ ގެއެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި


ކުޅުދުއްފުށީ "ކަކާގެ" ގޭގައި ބަހައްޓާފައިހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލާގެ މީހަކު ހައްޔަރުކޮށްފި އެވެ. މިމަހު 22 ވަނަ ދުވަހު ރޭ ފަތިހު 4 ޖަހާއިރު ހިންގި މި ހާދިސާގައި ސައިކަލުގެ އިތުރުން އެ ގޭގެ އަސްކަނީގެ ސީލިންގ އާއި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކުޅުދުއްފުށީ ކޯޓުން ޖަހާދީފައިވާ ކަމަށެވެ.