އަތޮޅުތައް

މާޅޮހު ކައުންސިލަރުން ރަށު ރައްޔިތުންނަށް ކުކުޅު ބިސް ބަހައިފި


މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލަރުންގެ ފަރާތުން އެރަށު ރައްޔިތުންނަށް ކުކުޅު ބިސް ބަހައިފިއެވެ.ރަމަޟާންމަހަށް ސަދަޤާތް ކުރުމުގެ ގޮތުން އެރަށު ކައުންސިލުން އިއްޔެ ބިސްބަހާފައިވަނީ އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް އެއްވަރަކަށް ކަމަށް އެރަށު ކައުންސިލް އިދާރާއިން ބުނެއެވެ.މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ މިޕްރޮގްރާމްގެ ދަށުން އެރަށުގައި މީހުންދިރިއުޅޭ ނުވަދިހަ ހަތަރު ގެއަށް ކޮންމެ ގެއަކަށް ބިސްޓްރޭއެއްގެ މަގުން ބިސްހަދިޔާކުރެވުނު ކަމަށެވެ.ޝުޖާއު ވިދާޅުވީ މިކަމަކީ މިހާރުގެ ކައުންސިލް މިދިޔަ އަހަރު ހޮވުމާގުޅިގެން ރައްޔިތުންނާ ގުޅުން ރަނގަޅުކުރުމަށް ކައުންސިލަރުން އަމިއްލައަށް ނިންމައިގެން ކުރިޔަށްގެންދާ ހަރަކާތެއްކަމުގައެވެ.ކައުންސިލަރުންގެ ޖީބުން ޚަރަދުކޮށްގެން މިދިޔަ އަހަރުވެސް އެރަށުގެ ކޮންމެ ގެއަކަށް ރަމަޟާންމަހު އޮރެންޖް ބަހާފައިވާ ކަމަށް މާޅޮހު ކައުންސިލުން ބުނެއެވެ.