ޚަބަރު

ބ. އޭދަފުށީގައި 1 މެގަވޯޓްގެ ޖަނަރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި


ބ.އަތޮޅު އޭދަފުށީގެ ކަރަންޓް ޙާލަތު ރަގަޅުކުރުމަށް 1 މެގަ ވޯޓްގެ ޖަނަރޭޓަރ އިންސްޓޯލް ކުރުމުގެ މަސައްކަތް އޭދަފުށީގައި ހުންނަ ފެނަކަކޯޕަރޭޝަނުން ފަށައިފިއެވެ.

މިމަސައްކަތައް ދެމަހެއްހާދުވަސް ހޭދަވާނެކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. އާ ޖަނަރޭޓަރ އަށް ބޭނުންވާ ޕެނަލް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފެކަނަ އިން ބުނެއެވެ.

މި ޖަނަރޭޓަރ އިންސްޓޯލް ކުރުމުން އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ވެގެންދާނެކަމަށާ، ރަށުގެ ކަރަންޓް ބޭނުން ކުރުމަށް އަޅާފައިހުރި ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ފެނަކަ އޭދަފުށީ އޮފީހުން ބުނެއެވެ. އެހެން ނަމަވެސް މިމަސައްކަތް ފެށޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ނޭގޭކަމަށް އެފަރާތުން ބުނެއެވެ.

މިރަށަށަށް ދިމާވެފައިވާ ކަރަންޓްގެ ހާލަތު ރަގަޅުކުރުމަށް ފެނަކައިން 1 މެގަވޯޓްގެ ޖަނަރޭޓަރއެއް ގެނަސްފައިވަނީ މިއަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ.

މި ސަރުކާރުން ރާއްޖޭގެ ރައްތަކަށް ދިމާވެފައިވާ ކަރަންޓްގެ ހާލަތު ރަގަޅު ކުރުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ބ.އަތޮޅުގެ އިތުރު ރަށްތަކަށްވެސް އާ ޖަނަރޭޓަރ ދޭނެކަމަށް ފެނަކައިން ބުނެއެވެ.