ޚަބަރު

"ކަސްރަތުން އުފާވެރިކަން" މިނަމުގައި ނޭކުރަންދޫގައި ބޭއްވި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި


ހދ ނޭކުރެންދޫ ފުލުހުންނާއި އެރަށު ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށްގެންދިޔަ "ކަސްރަތުން އުފާ" ޕްރޮގުރާމް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.

އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ކަސްރަތު ޕްރޮގުރާމު ފުރިހަމަކޮށް 36 މީހަކު ވަނީ ސެޓްފިކެޓް ހޯދާފަ އެވެ. އެއްމަސް ދުވަހަށް ހިންގި މި ޕްރޮގުރާމުގައި 55 އަހަރުން މަތީގެ 10 އަންހެނަކުވެސް ވަނީ ބައިވެރިވެ، ޕްރޮގުރާމް ފުރިހަމަކޮށްފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޯތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަލީ ފާއިޒެވެ.

ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފާއިޒް ވިދާޅުވީ، ދާއިމީ ގޮތެއްގައި ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ކަސްރަތުކުރުމާއެކު ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ.