ޚަބަރު

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުންނަށް ރިޝްމީ އާއި މާހިން


ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ 2018 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި އެ ސްކޫލުގައި ތައުލީމް ހާސިލް ކުރި ދެ ދަރިވަރުން ކަމަށްވާ ފާޠިމަތު ރިޝްމީ ނަޞީރާއި މުޙައްމަދު މާހިން ސޮބްރީ ހޮވިއްޖެ އެވެ.

ރިޝްމީ ހޮވުނީ އޯލެވެލް ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓަށެވެ. އަދި މުހައްމަދު މާހިން ސޮބްރީ ހޮވުނީ އޭ ލެވެލް ގެ ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓަށެވެ.

މި ހަފްލާގައި މިދެ ދަރިވަރުންނަށް އިނާމާއި ތަށި ޙަވާލު ކޮށްދެއްވީ ޕްރޮފެސަރ ޙަސަން އުޤައިލް އެވެ.

ރިޝްމީއަށް ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓްގެ މަގާމް ލިބިފައިވަނީ އޯ ލެވެލް އިމްތިހާނުގައި ތިން މާއްދާއިން އޭ ހޯދައި، ހަތަރު މާއްދާއިން އޭ ސްޓާ ހޯދައިގެންނެވެ. މާހިން އަށް އޭ ލެވެލް ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓުގެ މަގާމު ލިބުނީ އޭލެވެލް ގެ ދެ މާއްދާއިން އޭ ހޯދައި، އެއް މާއްދާއިން އޭ ސްޓާގެ އިތުރުން ދެ މާއްދާއިން ބީ ހޯދައިގެންނެވެ.

މި ހަފްލާގައި ޖުމްލަ 88 ދަރިވަރަކު އިނާމު ޙާޞިލް ކޮށްފައިވެއެވެ. މީގެ ތެރޭގައި ކިޔެވެމުގެ ރޮނގުން ވަނަ ލިބުނު 59 ދަރިވަރުންނާއި ޔުނިފޯމް ބޯޑީސް ތަކުގެ ހަތަރު ދަރިވަރުންގެ އިތުރުން ސްކޫލަށް ރީތި ނަން ހޯދައިދިން 25 ދަރިވަރުން ހިމެނެއެވެ.