މަރުވެފައިވާ ދެ މީހެއްގެ ނަންމަތީގައި މާލެ ސިޓީގައި ހިންގަމުންއައި ކެފޭގެ ހުއްދަ ސިޓީ ކައުންސިލުން ބާޠިލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކުރައްވާފައިވާ ޓްވީޓެއްގައިވަނީ ލިބުނު ރިޕޯޓަކާގުޅިގެން އެއިދާރާއިން ބެލި ބެލުމުން ނިޔާވެފައިވާ ދެ މީހެއްގެ ނަމުގައި އެޕްލިކޭޝަން ހުށަހަޅައިގެން ނަގާފައިވާ ހުއްދައެއްކަން އެނގެން އޮތުމުން އެހުއްދަ ބާޠިލްކޮށްފައިވާކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށްވެސް ހުށަހަޅާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ހުއްދަ ބާޠިލު ކޮށްފައިވަނީ މއ.ވާދޫގެ ގްރައުންޑް ފްލޯގައި ހިންގަމުންދިޔަ ކެފޭ އެއްގެއެވެ.