ޚަބަރު

ހދ ހަނިމާދޫ ޕޮލިސްޓޭޝަންގައިހުރި ގިނަ އަދަދެއްގެ ރާފުޅި މިއަދު ނައްތާލައިފި


ހދ ހަނިމާދޫ ޕޮލިސް ސްޓޭޝަނުން އެކި މައްސަލަތަކުގައި އަތުލައިގަނެފަވާ ގިނަ އަދަދެއްގެ ރާފުޅިތަކެއް މިއަދު ނައްތާލައިފިއެވެ.

މިއަދު ހެނދުނު އެރަށު ޕޮލިސް ސްޓޭޝަންގައި ނައްްތާލެވިފައިވަނީ 2016 ވަނަ އަހަރުން ފެށިގެން އަތުލައިގަނެވިފައިވާ ތަކެތިކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.

އެގޮތުން 280 އައިޓަމެއް މިއަދު ނައްތާލެވިފައިވާކަމަށް ހަނިމާދޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވައެވެ. އޭގެ ތެރޭގައި 640 ރާ ފުޅިއާއި 5 ދަޅު ހިމެނެއެވެ.

މިރަސްމިއްޔާތުގައި ހަނިމާދޫ ޕްލިސް ޓޭޝަންގެ އިސްވެރިންނާއި އެ ސްޓޭޝަންގައި މަސައްކަތް ކުރައްވާ ފުލުހުންގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ވެރިންގެ އިތުރުން ކަސްޓަމްސްގެ އޮފިޝަލުން ބައިވެރިވިއެވެ