ޚަބަރު

46 ޤައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ފަށައިފި


ސާޅީސް ހަވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ޤައުމީ މުބާރާތުގެ ކުޅުން މިއަދު ފަށާފައިވަނީ ފުރަތަމަ ޑިވިޝަންއާއި ދެވަނަ ޑިވިޝަންގެ ކުޅުމާއެކިއެކުއެވެ. މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ބައިވެރިވެފައިވަނީ ރިވައިވަލް ސްޕޯޓްސް، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ އަދި ސީއެސް ސްޕޯޓްސް ކުލަބްއެވެ. ފުރަތަމަ ޑިވިޝަންގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގައި ވާދަކޮށްފައިވަނީ 9 ޓީމްއަކުންނެވެ. އެއީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީ، ވީއައިޕީ ސްޕޯޓްސް، ދަ ގޯޅި ސްޕޯޓްސް ކުލަބް، ކުލަބް އޭދަފުށި، ކުލަބް ސްޓެޓިކް، ޓީ.އެސް.އޭ، ޓީ ރެކްސް، ޔުނައިޓަޑް ވިކްޓްރީ އަދި ޑަބްލިއު ސްޕޯޓްސް އެކަޑަމީއެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގެ ކުޅުން ކުރިއަށްދަނީ ދެ ގުރޫޕްއަކަށް ބަހާލައިގެން، ކޮންމެ ގުރޫޕްއަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ.