ޚަބަރު

ރާއްޖޭގެ ސަލާމަތީ މަސްރަހާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުން މަޝްވަރާކުރައްވައިފި


ރާއްޖޭގެ ސަލާމަތީ މަސްރަހުގައި ހުރި ކަންތައްތަކާ ގުޅޭގޮތުން ސަލާމަތީ ބާރުތަކުގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަލާމަތީ މަޝްރަހުގައި ހުރި ކަންކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި އެ މުއައްސަސާގެ އިސް އޮފިސަރުންނެވެ.