ޚަބަރު

މިއަހަރުގެ ބިޒްނަސް އެވޯޑްސްގެ ބްރޯޑްކާސްޓިން މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް


މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ބްރޯޑްކާސްޓިން މީޑިއާ ޕާާޓްނަރަކަށް ދައުލަތުގެ މީޑީއާ ޕީއެސްއެމް ހަމަޖައްސައިފިއެވެ.

މިއަދު ޓީވީއެމްގައި މިއަހަރުގެ ބިޒްނަސް އެވޯޑްސްގެ މީޑިއާ ޕާޓްނަރުންނާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 7 މީޑިއާ ޕާޓްނަރަކު ހަމަޖައްސާފައިވެއެވެ. އެގޮތުން:

  • ބްރޯޑްކާސްޓިން މީޑިއާ ޕާާޓްނަރަކަށް ޕީއެސްއެމް
  • އޮންލައިން މީޑިއާ އަކަށް އަވަސް އޮންލައިން
  • ބިޒްނަސް ނިއުސް ޕާޓްނަރ އަކަށް މޯލްޑިވްސް ބިޒްނަސް ސްްޓޭންޑަރޑް
  • އެކްސްކުލޫސިވް އޮފިޝަލް ޓްރެވެލް ޓެބްލޮއިޑް ޕާޓްނަރަކަށް ދަ އައިލެންޑް ޗީފް
  • ބިޒްނަސް މެގަޒިން ޕާޓްނަރަކަށް އެމްބީއާރް
  • އޮފިޝަލް ޑިޖިޓަލް ޕާޓްނަރަކަށް މޯލްޑިވްސް އިންސައިޑަރ
  • އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކަށް އިމޭޖްސް އެމްވީ


މި ރަސްމިއްޔާތައްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެވޯޑް ހަފްލާ އިންތިޒާމްކުރާ ފާރާތް ކަމުގައިވާ ބްލަޒޮންގެ ސީއީއޯ ޙަސަން ހިލްމީ ވިދާޅުވީ މީޑިއާ ޕާޓްނަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. އެގޮތުން ބައިވެރިންނާއި ވިޔަފާރިވެރިންނަށް އެންމެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދެވޭނީ މީޑިއާ ޕާޓްނަރުންގެ އެހީގައި ކަމަށް ހިލްމީ ވިދާޅުވިއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މި އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށާއި ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައިދޭ އެވޯޑެކެވެ.