ޚަބަރު

ލ.އަތޮޅުގެ 5 ރަށެއް ކޯޒްވޭއަކުން ގުޅާލުމަށް ޑިޒައިން ހެދުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި


ލ.އަތޮޅުގެ 5 ރަށެއް ކޯޒްވޭއަކުން ގުޅާލުމަށްޓަކައި ބޭނުންވާ ޑިޒައިން ހެދުމުގެ މަސައްކަތާއި އީއައިއޭ އެކުލަވާލުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ފޯރސައިޓް ސާރވެއަރސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢުގެ ދަށުން ކޯޒްވޭތަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ލ.ހިތަދޫ، މެންދޫ، ކަލައިދޫ، ދަނބިދޫ، އަދި ކުނަހަންދޫއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ ތިން ލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަސައްކަތް ޙަވާލުކުރމުގެ ކޮންޓްރެކްޓްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި ފޯރސައިޓް ސާރވެއަރސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނުޢައިމެވެ.