ވިޔަފާރި

މިފްކޯ ޓްރިވެންޑްރަމް ފިހާރަ ހުޅުވަން ތައްޔާރުވަނީ


އިންޑިއާގެ
ޓްރިވެންޑްރަމްގައި ހުޅުވުމަށް ހަމަޖެހިފައިވާ މިފްކޯގެ މަސް ފިހާރައިގެ
މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ މިރޯދަމަހުގެ މެދުތެރޭ އެތަނުން ޚިދުމަތް
ދެވެން ފެށޭވަރުވާނެ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.



މިފްކޯއާއި
ގުޅިގެން އަމިއްލަ ފަރާތަކުން ހުޅުވާ މިފިހާރަ ހިންގުމަށް ބަޔަކު ހޮވާފައިވަނީ
ބިޑްކޮށްގެންނެވެ.  މި ފިހާރަ ހިންގުމަށް
ހޮވާފައިވަނީ ޓްރިވެންޑްރަމްގައި މަސައްކަތްކުރާ ދިވެހި ކުންފުންޏެކެވެ. މިހާރު މި
ފިހާރައަށް މުވައްޒަފުން ހޮވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.



 ޓްރިވެންޑްރަމްގައި ހުޅުވާ މަސް ފިހާރައިން
މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ ކަމަށްވެސް މިފްކޯއިން މަޢުލޫމާތުދެއެވެ. ދާދިފަހުން
އަމިއްލަ ފަރާތަކުން ވަނީ މިފްކޯގެ އުފެއްދުންތައް ލިބޭ ފިހާރައެއް ސްރީލަންކާގައި
ހުޅުވާފައެވެ.