ޚަބަރު

ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން އުޅުނު 2 ބިދޭސީއަކު ހިފަހައްޓައިފި


ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 2 މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި ބިދޭސި އަންހެނަކާއި، އަދި އޭނާއަށް އެހީތެރިވާން އުޅުނު ބިދޭސީ ފިރިހެނެކެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖެ އެތެރެވާން މަސައްކަތްކުރި އަންހެންމީހާގެ ޕާސްޕޯޓުގެ ބައެއް މަޢުލޫމާތު ނަކަލުކޮށްފައިވާކަމަށެވެ.

ޕާސްޕޯޓް ނަކަލު ކުރުމާއި، އެހެން މީހުންގެ ފޮޓޯ ޖަހައިގެން މިއަހަރުގެ މިހާތަނަށް 16 މީހަކު ރާއްޖެ އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ. މި މީހުން ހިފަހައްޓައި އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާއި، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިިިިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވަނީ ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައެވެ.