ޚަބަރު

ބާސްކެޓް އަންހެން އަދި ފިރިހެން ޓީމް ރާއްޖެއިން ބޭރުގައި ކޭންޕް ކުރަނީ


ޑިސެންބަރު މަހުގައި އޮންނަ ސައުތް އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް ގައުމީ އަންހެން އަދި ފިރިހެން ޓީމް ރާއްޖެއިން ބޭރުގައި ކޭންޕް ކުރުމަށް ހަމަޖެހިއްޖެއެވެ.

ސައުތް އޭޝިއަން ގޭމްސް ކުރިއަށްދާނީ ޑިސެންބަރު މަހުގެ 1 ކުން 10 ނޭޕާލްގައެވެ. ގައުމީ އަންހެން އަދި ފިރިހެން ޓީމް ރާއްޖެއިން ބޭރުގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވާއިރު، މިކޭންޕްގައި ރަހުމަތްތެރިކަމުގެ މެޗްތަކެއްވެސް ކުޅުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންއިން މައުލުމާތުދިނެވެ. ގައުމީ ސީނިއަރ ފިރިހެން ޓީމް ކޭންޕް ކުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރްގައެވެ. ފިރިހެން ޓީމް ސިންގަރޫޕްއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 20 އަށެވެ. އަދި ގައުމީ އަންހެން ޓީމް ކޭންޕް ކުރުމަށް ހަމަޖެހިފައިވަނީ ބެންކޮކްގައެވެ. އަންހެން ޓީމް ބެންކޮކްއަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ހުން 30އަށެވެ. ގައުމީ އަންހެން ޓީމްވަނީ މީގެ ކުރިން ކުޅުދުއްފުށީގައިވެސްވަނީ ކޭންޕްކޮށްފައެވެ.