ޚަބަރު

ބ.އަތޮޅު ކައުންސިލުން އެއަތޮޅު ކޮންމެ ރަށެއްގައި ދެކޮޓަރި އަޅައިދޭން ނިންމައިފި



ބ އަތޮލު ކައުންސިލުން އެއަތޮޅު ކޮންމެ ރަށެއްގައި ދެކޮޓަރި އަޅައިދޭން ނިންމައިފިއެވެ. މިއީ ކައުންސިލް ތަކުގެ މާލީ ޙާލަތު ރަގަޅު ކުރުމަށް
އަޅައިދޭ ކޮޓަރި ތަކެކެވެ.

ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު ވިދާޅުވީ، ކައުންސިލުން މިކަން ކުރުމަށް ނިންމީ ރަށްރަށަށް އާމްދަނީ ހޯދައި ދެވޭނެ ގިނަ ގޮތްތަކަށް ބެލުމަށްފަހުގައި ކަމަށެވެ. މީގެތެރޭގައި ސަރުކާރާ އެނޫންވެސް މުއައްސަސާތަކުގެ މުއައްޒަފުންނަށް ޚާއްޞަ ކޮށްގެންނާއި، އަތޮޅު ތެރޭގެ ރަށްތަކުގެ މާލިއްޔާއަށް ފައިސާ ވަންނާނެ މަގުފަހި ކޮށްދިނުން ވެސް ހިމެނެއެވެ. މިކަމާ ގުޅިގެން ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ. މިކަން ކުރުމަށް ފައިސާ ޚަރަދު ކުރާނީ ބ.އަތޮޅު ކައުންސިލުންނާ، ބ.އަތޮޅު ކޮންޒަވޭޝަން ފަންޑުންނެވެ.

ބ. އަތޮޅު ކައުންސިލުންވަނީ އެއަތޮޅުގައި ހިމެނޭ 13 ރަށެއްގައި، ދެކޮޓަރީގެ އެޕާރޓްމަންޓަށް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިހާރު އިޢުލާން ކޮށްފައެވެ. މިކަމާގުޅޭ މައުލޫމާތު ސާފުކުރުން މިމަހުގެ 15 ވަނަދުވަހު އޮންނާނެ ކަމަށާ ބިޑް ހުށައެޅުން މިމަހުގެ 24 ވަނަދުވަހުގެ ނިޔަލަށް އޮންނާނެކަމަށް ކައުންސިލުން ބުނެއެވެ.