ކުޅިވަރު

14 އަހަރުން ދަށުގެ ޔޫތް ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިިފި


ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 14 އަހަރުން ދަށުގެ ޔޫތް ލީގުގެ ޗެމްޕިއަންކަން މާޒިޔާ ފުޓްބޯލް އެކަޑަމީއިން ހޯދައިފިއެވެ.

މާޒިޔާއިން 14 އަހަރުން ދަށުގެ ޔޫތް ލީގުގެ ޗެމްޕިއަންކަން ހޯދީ ލީގުގެ ފަހު މެޗުގައި ރޭ ހުޅުމާލޭ ސްޕޯޓްސް ސްކޫލާއި ބައްދަލުކުރި މެޗު 0-2 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި މާޒިޔާއިން ޖެހި 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު އިޔާން ހަސަންއެވެ. މި 2 ލަނޑު އެނާ ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ ފުޓްބޯލް އެކަޑަމީގެ މުހައްމަދު އިޔާން ހަސަންއެވެ. އަދި އެންމެ މޮޅު ކޯޗުގެ މަޤާމް ހޯދީ މާޒިޔާާގެ ކޯޗެއެވެ.

ޔޫތު ފުޓުބޯޅަ ކުރިއެރުވުމުގެ ގޮތުން އެފްއޭއެމުން ފަށާފައިވާ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ލީގު ފެށިއިރު، މިދިޔަ އަހަރު ބާއްވާފައިވަނީ 13 އަހަރުން ދަށުގެ ކުޅުން އެކަންޏެވެ. އެކަމަކު މިއަހަރު 12 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ މުބާރާތް ވަނީ ބާއްވާފައެވެ.

މިފަހަރުގެ ޔޫތު ލީގުގައި 11 އެކަޑަމީއަކުން ވަނީ ބައިވެރިވެފައެވެ. އެއީ ބީޖީ ސްޕޯޓްސް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް ސްކޫލް، މާޒިޔާ ފުޓްބޯލް އެކަޑަމީ، ހުޅުމާލެ ސްޕޯޓްސް އެކަޑަމީ، އީގަލްސް ފުޓްބޯލް އެކަޑަމީ، ޓީސީ ފުޓްބޯލް އެކަޑަމީ، މޯލްޑިވްސް ސޮކާ މޭޓްސް، އާލީ ޓަޗް ފުޓްބޯލް އެކަޑަމީ، އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ، ވިކްޓަރީ ސްޕޯޓްސް ކްލަބު ފުޓްބޯލް އެކަޑަމީ އަދި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް އެވެ.

އެފްއޭއެމްއިން މިދިޔަ އަހަރު ތަޢާރަފް ކުރި ޔޫތް ލީގު މިދިޔަ އަހަރުން ކާމިޔާބުކޮށްފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑެމީންނެވެ.