ކުޅިވަރު

އިމްރާން ޓީސީ ދޫކޮށްލައިފި


މި ސީޒަނުގައި ޓީސީއާ ގުޅުނު ކީޕަރު އިމްރާން މުހައްމަދު އެކުލަބާ ވަކިވާކަން ކުލަބަށް އަންގައިފިއެވެ.

ކުރީގެ އެއްވަނަ ކީޕަރު މި ގޮތަށް ބޭނުންވާކަން އެންގީ ހިންގުމުގެ ހަރަދު ބޮޑުވެގެން ޓީސީން ކުޅުންތެރިން ދޫކޮށްލަން ބޭނުންވާ ކަމަށް އެންގުމުންނެވެ. މި ގޮތުން އެކުލަބުން ވަނީ ކުލަބު ދޫކޮށްދާން ބޭނުންވާ ކޮންމެ ކުޅުންތެރިއަކަށް އެ ފުރުސަތު ދީފަ އެވެ.

އިމްރާން ޓީސީ ދޫކޮށްލި ވަކި ސަބަބެއް ދެ ފަރާތުން ވެސް ނުބުނެ އެވެ. އޭނާގެ ބަދަލުގައި ޓީސީއަށް ކީޕަރު ގެނެވޭނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ޓްރާންސްފާގަ ގަ އެވެ. ބޭނުން ކުޅުންތެރިއަކަށް ކުލަބު ދޫކޮށްދިއުމުގެ ފުރުސަތު ދިނުމުން އިމްރާނަކީ ޓީމު ދޫކޮށްލަން ބޭނުންވާކަން ޓީސީއަށް އެންގި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މުސާރަ ނުދެވޭތީވެ ޓީސީގެ ކޯޗުކަމުން މުހައްމަދު އާތިފް (އާތީ) ވަކިވެފައިވާއިރު އެ ޓީމުން އަދި ކޯޗަކު ވެސް ހަމަނުޖައްސައެވެ.