ޚަބަރު

14 ފަޔަރ ސްޓޭޝަނަކަށް އަލިފާން ނިއްވާ އުޅަނދު ފޮނުވައިފި


14 ފަޔަރސްޓޭޝަންއަކަށް އަލިފާން ނިއްވުމަށް ބޭނުންވާ ވެހިކަލް އެމްއެންޑީއެފުން ފޮނުވައިފިއެވެ. މި ވެހިކަލްތަކަކީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ 24 ވެހިކަލާއި 5 ލޯންޗެވެ.
ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ ފެންޖެހުމަށް ބޭނުންކުރާ 13 ވެހިކަލްއާއި ފެނާއި ފޯމް ޖެހުމަށް ބޭނުންކުރާ 9 ވެހިކަލްއާއި، 2 ލެޑަރ ޓްރަކާއި، 5 ފަޔަރ ލޯންޗެވެ.

މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށީގެ އިތުރުން އަލިފާން ނިއްވާ އުޅަނދުތައް ފޮނުވާ ރަށްތަކަކީ، ހދ.ކުޅުދުއްފުށި، ޅ.ނައިފަރ، އދ.މާމިނގިލި، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ލ.ކައްދޫ، ގދ.ތިނަދޫ، ޏ.ފުވައްމުލައް، ސ.ހިތަދޫ އަދި ސ.ހުޅުމީދޫއެވެ.

މި ވެހިކަލްތަކުގެތެރޭގައި 1500ލީޓަރުގެ ފެން އުފުލޭ އުޅަނދުތަކާއި، 200ލީޓަރުގެ ފޯމް ކޮންސެންޓްރޭޓް އަދި 4000 ލީޓަރުގެ ފެން އުފުލޭ އުޅަނދުތައް ހިމެނެއެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ކުރާ މަސައްކަތުގައިއިތުރު ކުރިއެރުން ލިބޭނެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފުމަށް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ވެހިކަލްތަކަކީ 5 ޑިސެންބަރު 2018ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި ވެހިކަލްތަކެކެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި މި ވެހިކަލްތަކުގެ ސަބަބުން ރާއްޖޭގެ ސަރަހައްދުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރމަނުން ކުރާ މަސައްކަތުގައިއިތުރު ކުރިއެރުން ލިބޭނެއެވެ. އަދި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމުގައި ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންހިފުމަށް އިތުރަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ވެހިކަލްތަކަކީ 5 ޑިސެންބަރު 2018 ވަނަ ދުވަހު ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ވެހިކަލްތަކެކެވެ..