ޚަބަރު

ނޮޅިވަރަމުން ގޯތި ލިބުނު ފަރާތްތައް އިޢުލާން ކޮށްފި


ހދ.ނޮޅިވަަރަމުން ދިރިއުޅުމަށް ގޯތި ލިބުނު ފަރާތްތައް އިޢުލާން ކޮށްފިއެވެ.
އެރަށުން 3000 އަކަފޫޓުގެ ބަންޑާރަ ގޯތީގެ 75 ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބިފައިވާ މީހުންގެ ލިސްޓް މިހާރުވަނީ އާއްމުކޮށްފައެވެ.

ނޮޅިވަރަމް ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ފޮއިންޓު ދީފައިވަނީ ޖުމްލަ 4 ބަޔަކަށް ބަހަލައިގެންނެވެ. އަދި ގޯތި ދޫކޮށްފައިވަނީ 48 ފޮއިންޓާއި 33 ޕޮއިންޓާ ދެމެދު ޕޮއިންޓް ލިބިފައިވާ މީހުންނަށެވެ.
2011 ވަނަ އަހަރު ގޯތިދޫކުމުގައި ދިމާވި މައްސަލަތަކަށް ފަހު އެންމެފަހުން އެރަށުން ގޯތި ދީފައި ވަނީ 2014 ވަނައަހަރެވެ. އަދި އެފަރާތް ތަކަށް ބަންޑާރަ ގޯތި ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް ވެސް އަހާފައިވެއެވެ.

ނޮޅިވަަރަމުން ދިރިއުޅުމަށް ގޯތި ދޫކޮށްފައި މިވަނީ ގޯތި ދޫނުކޮށްގެން އެރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އިބްރާހިމް ރަޝީދު އޭރު ވިދާޅުވީ ގެވަޅު ދޫކުރުމަކީ ރައްޖޭގެ އެކިއެކި އަތޮޅު ތަކުންނާއިމާލެއިން ގިނަ މަޢުލޫމާތުތަކެއް ސާފު ކުރަންޖެހޭ ކަމެއް ކަމަށްވާތީ އެކަން ކުރަން ވަގުތު ތަކެއް ހޭދަވީ ކަމަށެވެ.

ނޮޅިވަރަމްގައި އެންމެ ފަހުން ގެވަޅު ދިނުމުގެ ހުއްދަ ކައުންސިލަށް ދީފައިވަނީ މިދިޔަ އަހަރުއެވެ. އެއީ 75 ގެވަޅެވެ. ނޮޅިވަރަމްގައި ގެވަޅު ދޫނުކުރާތާ މިހާރު 9 އަހަރު ވަނީ ވެފައެވެ.