ޚަބަރު

މީރާގެ ބޯޑުގެ ޗެއާމަނަކަށް ޝަރުވަޝް


މޯލްޑިވްސް އިންލެންޑް އޮތޯރިޓީގެ ބޯޑުގެ ޗެއާމަނަކަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގެޒެކެޓިވް އަޙްމަދު ޝަރުވަޝް ހަމަޖައްސައިފިއެވެ.

މިމަޤާމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ޝަރުވަޝް ހަމަޖައްސާފައިވަނީ މިހަފްތާގެ ކުރީކޮޅުގައެވެ. އޭނާ އެ މަޤާމަށް ހަމަޖެއްސީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ފިނޭންސް މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނަށް ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ފިނޭންސް މިނިސްޓްރީގައި ޓެކުހާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތުގެ އިތުރުން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.

މިދެމަޤާމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތަކީ، 5 އަހަރެވެ. ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އެއަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މީރާގެ ބޯޑު އެކުލަވާލަން ޖެހެއެވެ. މީރާގެ ބޯޑު އެކުލަވާލުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިދިޔަމަހުގެ 30 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.