ވިޔަފާރި

10 މަސް ދުވަހުގެތެރޭ 129 ޕްރޮޖެކްޓެއްގެ މަސައްކަތް ޙަވާލުކޮށްފައިވޭ - ފިނޭންސް މިނިސްޓަރ

ފާއިތުވި 10 މަސް ދުވަހުގެތެރޭ 129 މަޝްރޫއެއްގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ބަޖެޓް މެނޭޖްކުރުމާއި މަޝްރުޢޫތައް މެނޭޖްކުރުމުގައި ރަނގަޅު ކުރިއެރުންތައް ހޯދާފައިވާކަމަށެވެ.

އެގޮތުން މީގެ ކުރީގެ ސަރުކާރުތަކުން ބޮޑު އަގުގައި ކުރިއަށްގެންދިޔަ ފަދަ މަޝްރޫޢުތައް ރަނގަޅު އަގުތަކެއްގައި މި ސަރުކާރުން ކުރިއަށްގެންދާކަމަށް މިނިސްޓަރ އަމީރު ފާހަގަކުރެއްވިއެވެ. އަދި މިދިޔަ އޮގަސްޓުމަހާ ހަމައަށް 3.6 ބިލިއަން ރުފިޔާގެ 129 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރުގެ ތެރޭ ފެށުމަށް ނިންމާފައިވާ މަޝްރުޢުތަކުގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ 78 ޕްރޮޖެކްޓާއި ތަޢުލީމީ ދާއިރާގެ 26 ޕްރޮޖެކްޓާއި ހައުސިން ދާއިރާގެ 3 ޕްރޮޖެކްޓާއި ބަނދަރު ތަރައްޤީކުރުމާއި މަގުތައް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.

"ނެޝަނަލް ޓެންޑަރ މެދުވެރިކޮށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް އެވޯޑު ކުރެވިއްޖެ. ޖޫން މަހުން ފެށިގެން މިދަނީ ވަރަށް ބުރަކޮށް. މި ސަރުކާރުގެ ފުރަތަމަ އަހަރާއި އެހެން އަހަރުތަކައި އަޅާކިޔާނަމަ 2014 ވަނަ އަހަރު ނެޝަނަލް ޓެންޑަރ މެދުވެރިކޮށް އޭރުގެ ސަރުކާރަށް ދެވިފައި ހުރީ 70 ޕްރޮޖެކްޓް. 2009 ވަނަ އަހަރު ދެވިފައިހުރީ 56 ޕްރޮޖެކްޓް. އެހެންނަމަވެސް އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިފަހުން މިދިޔަ އޮގަސްޓުމަހާއި ހަމައަށް އަޅުގަނޑުމެން އެވޯޑުކޮށްފިން 129 ޕްރޮޖެކްޓް. އޭއީ މުޅި ޖުމްލަ 3.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކެއް." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ސަރުކާރުގެ މަސައްކަތުގެ ސްޕީޑް ލަސްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ގެންދަން ބޭނުންވާ ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އަދި ޕްރޮޖެކްޓްތައް ކިރިޔާވެސް ލަސްވުމަށް މެދުވެރިވަނީ މީގެ ކުރިން ރާއްޖޭގައި ތަރައްޤީގެ މަސައްކަތްތަކަށް އެކަށީގެންވާ ޕްލޭނެއް ހެދިފައިނުވުމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފަށަން ނިންމާފައިވާ ޕްރޮޖެކްޓްތަކާއިއެކު ކުރިއަށްއޮތް ތާނގައި ރާއްޖޭގެ އިޤްތިސާދީ ދުވެލި ހަލުވިވެގެންދާނެކަމަށެވެ. އެގޮތުން 2020ވަނަ އަހަރު ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރީ އަހަރުތަކާއި އަޅާބަލާއިރު ރަނގަޅުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" 2018 ވަނަ އަހަރުގެ ފަހު ކުއަރޓަރުގައި ގާތްގަނޑަކަށް %4.1 ގައި ދުވެލި ހުރެފައި 2019 ވަނަ އަހަރު ދަށްވީ %3.1 އަށް. ހަޤީޤަތުގައި އިޤްތިސާދު ކުރިއަރަމުންދިޔަ މިންވަރު މަޑުޖެހިލާފައި އޮތީ އިންތިޙާބީ އަހަރަކަށް ވެފައި ވަރަށް ގިނަ ޚަރަދުތައް ސަރުކާރުންވެސް ކޮށްފައިވާ އަހަރަކަށް ވީމަކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. އަޅުގަނޑުމެން ތަންފީޒުކުރަން ނިންމާފައިވާ ޕްރޮޖެކްޓްތައް ނިމުނީމަ 2019 ވަނަ އަހަރުގެ ފަހު ކުއަރޓަރުގައި މާބޮޑު ތަނުން ކުރިއަރައިގެންދާނެ. އަދި 2020 ވަނަ އަހަރަށް އަޅުގަނޑުމެން ދަތުރުކުރާއިރު ކުރީ އަހަރުތަކަށް ވުރެ ޖީޑީޕީ އިތުރުވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓްތަކުގެ އިތުރުން ވެސް އައްޑޫ ސިޓީ ތަރައްޤީކުރުމާއި ގުޅީފަޅު ބަނދަރުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރިއަށްދާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިހާތަނަށް ފެށުމަށް ނިންމާފައިވާ ބައެއް މަޝްރޫއުތައް

ފެނާއި ނަރުދަމާގެ 78 މަޝްރޫއު
ތައުލީމީ ދާއިރާގެ 26 މަޝްރޫއު
ހައުސިން 3 މަޝްރޫއު