ޚަބަރު

ތަހުޤީގު ތަކުގައި އިލެކްޓްރޯނިކް އެވިޑެންސް ބޭނުން ކުރުމާއި ގުޅޭ ވޯކްޝޮޕެއް ފަށައިފި


ތަހުޤީގު ތަކުގައި އިލެކްޓްރޯނިކް އެވިޑެންސް ބޭނުން ކުރުމާއި ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ. މިއީ ދެކުނު އޭޝިއާއާއި ދެކުނު އިރުމަތީ އޭޝިއާއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވޯރކް ޝޮޕެކެވެ.
މިމަހު 1އިން 3އަށް ކުރިއަށްދާ މި ވޯކްޝޮޕް އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.

މި ވޯރކްޝޮޕް ފަށްޓަވައިދެއްވީ ޔުނައިޓެޓް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސްގެ އޮފިޝަލް މިސް އެރިޔާނާ ލެޕޯރއެވެ. ތަހުޤީގުތަކުގައި އިލެކްޓްރޯނިކް އެވިޑަންސް ބޭނުން ކުރުމަށްޓަކައި ދޭދޭ ޤައުމުތަކާއި އެކިއެކި މުއައްސަސާތަކާއި ސަލާމަތީ ޚިދުމަތްތޭ ފަރާތްތަކާމެދު އޮންނަން ޖެހޭ އިންޓަރ އެޖެންސީ ގުޅުމުގެ މުހިންމުކަމަށް އަލިއަޅުވައި ލެއްވިއެވެ. އެރިޔާނާގެ އިތުރުން ޔުނައިޓެޓް ނޭޝަންސް ކައުންޓަރ ޓެރެރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑައިރެކްޓަރޭޓުގެ ފަރާތުންނާއި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސް ގެ އެކްސްޕާޓުން ވާހަކަ ދެއްކެވިއެވެ.

މި ވޯރކް ޝޮޕްގައި 13 ޤައުމަކުން 49 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިންޑިޔާ، އިންޑޮނޭޝިޔާ، ލާއޯޕީޕަލްސް ރިޕަބްލިކް ޑިމޮކްރެޓިކް، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސްރީލަންކާ، ސިންގަޕޯރ، ތައިލަންޑް، އަދި އެމެރިކާ ހިމެނެއެވެ.

މިވޯރކް ޝޮޕަކީ ޔޫ.އެން.އޯޑީ.ސީ، ސީ.ޓެ.ޑް، އައި.އޭ.ޕީ އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ގުޅިގެން ރާއްޖޭގައި ހިންގާ ވޯރކް ޝޮޕެކެވެ.