ޚަބަރު

ޑައިވްކުރުމުގެ ރިކޯޑަށް 600 ވުރެ ގިނަ މީހުން


އެއް ގަޑިއެއްގައި އެންމެ ގިނަ މީހުން ފްރީ ޑައިވްކުރުމުގެ ވޯލްޑް ރިކޯޑް ޤާއިމުކުރުމުގެ ހަރަކާތުގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ މި ހަރަކާތްތުގައި ބައިވެރިވުމަށް ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރިކޯޑް ޤާއިމުކޮށްފައިވާ ވިލިއަމް ޓްރޫބްރިޖްވެސް ވަނީ ރާއްޖެއައިސް ފައެވެ.

"ނޭވާ ފްރީ ޑައިވިންގް"ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިއަދު ހަވީރު ބަރޮސް އައިލެންޑް ރިސޯޓްގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ފްރީ ޑައިވް ރެކޯޑެއް އެންމެ ފަހުން ހަދާފައިވަނީ 2009 ވަނަ އަހަރު ވެރޯނާގައެވެ. އެ ފަހަރުގެ ޑައިވްގައި އެއް ފަހަރާ 281 މީހުން ޑައިވްކޮށް ދުނިޔޭގެ ރެކޯޑްވަނީ ޤާއިމުކޮށްފައެވެ.