ވިޔަފާރި

ރޯޔަލް ޖޯޑޭނިއަންގެ ޗާޓަރ ފްލައިޓްތައް ރާއްޖެއަށް ފަށައިފި


ރޯޔަލް ޖޯޑޭނިއަންގެ ޗާޓަރ ފްލައިޓްތައް ރާއްޖެއަށް ފަށައިފިއެވެ.

ރޯޔަލް ޖޯޑޭނިއަންގެ ފުރަތަމަ ފުލައިޓް ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަތުރުތައް އެ އެއަރލައިނުން ރާއްޖެއަށް ކުރާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަންމާންގެ ކުއީން އާލިއާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އޮކްޓޯބަރުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަފްތާއަކު 1 ދަތުރު މި އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ ބޮއިންގ މަރުކާގެ މަތިންދާބޯޓެވެ.

ރޯޔަލް ޖޯޑޭނިއަންއިން ޙިދުމަތް ދޭން ފަށާފައިވަނީ 1963 ވަނަ އަހަރުގެ ތެރޭގައެވެ. މި އެއަރލައިންގެ ޙިދުމަތްތަކުގައި 43 އެއަރކްރާފްޓް ބޭނުންކުރެއެވެ. އަދި ދުވާލަކު މަދުވެގެން 110 ދަތުރު އެ އެއަރލައިނުން ކުރެއެވެ. މީގެތެރޭގައި ދުނިޔޭގެ 43 މަންޒިލެއް ހިމެނެއެވެ.