ޚަބަރު

11 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް 3 ކުންފުންޏަކަށް


8 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު އެޅުމަށާއި، 3 ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ޕްލޭނިން މިނިސްޓްރީން 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

މި 11 ރަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ފެނާއި ނަރުދާމެ މަޝްރޫއުތައް ޤާއިމުކުރާ ރަށްތަކާއި އަގުތައް

1- ކ.ގުޅީ (26.9 މިލިއަން ރުފިޔާ)
2- ފ.މަގޫދޫ (31.4 މިލިއަން ރުފިޔާ)
3- ރ.އިނގުރައިދޫ (33.9 މިލިއަން ރުފިޔާ)
4- ށ.ނަރުދޫ (25.5 މިލިއަން ރުފިޔާ)
5- ށ.މާއުނގޫދޫ (24.9 މިލިއަން ރުފިޔާ)
6- ނ.ޅޮހީ (24.9 މިލިއަން ރުފިޔާ)
7- ހއ.ފިއްލަދޫ (27.3 މިލިއަން ރުފިޔާ)
8- ހދ.ފިނޭ (21.3 މިލިއަން ރުފިޔާ)

ފެނުގެ ނިޒާމު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތަކާއި އަގުތައް

1- ހދ.ނައިވާދޫ (15.3 މިލިއަން ރުފިޔާ)
2- ނ.ހޮޅުދޫ (16 މިލިއަން ރުފިޔާ)
3- ލ.މާވަށު (21 މިލިއަން ރުފިޔާ)

11 ރަށުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ފެނުގެ ވިއުގަ އެޅުމާއި، ނަރުދަމާ ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާއި، އާރް.އޯ ޕްލާންޓާއި، ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި ސީ އައްޓްފޯލް އެޅުމާއި، ގޭގެއަށް ފެނުގެ ވިއުގަ ގުޅުމާއި އިދާރީ އޮފީސް ހެދުން ހިމެނެއެވެ.

މި މަޝްރޫއުތަކުގެ ތެރެއިން ކ. ގުޅި، ފ. މަގޫދޫ ރ. އިނގުރައިދޫ އާއި ލ މާވަށުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ.

ށ. ނަރަދޫ، ށ. މާއުނގޫދޫ، ނ ޅޮހީ އަދި ނ ހޮޅުދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އެވެ.ހއ. ފިއްލަދޫ، ހދ ފިނޭ އަދި ހދ މަސައްކަތް ހަވާލުކޮށްފައިވަނީ ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އެވެ.