ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ފަންނާނުން ކުރިއަރުވާނަން - މިނިސްޓަރ ޢަލީ ވަޙީދު


ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ދިވެހި ފަންނާނުންގެ ދާއިރާ ކުރިއަރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އާރޓިސްޓުން ކުރާ މަސައްކަތަށް އޮތް ބާޒާރަކީ ރާއްޖޭގެފަތުރުވެރިކަންކަމަށާއި ނަމަވެސް ރާއްޖޭގައި ލައިސެންސް ލިބިގެން ސަތޭކަ ސާޅީސް ނުވަ ރިސޯޓް އޮތްތްނަމަވެސް މިރިސޯޓްތަކާ އެއްވަރަށް މިއުޒިކް ބޭންޑެއް ނެތްކަމަށެވެ. އަދި ރާއްޖޭގައި އޮތް ރިސޯޓްތަކާ އެއްވަރަށް މިއުޒިކް ބޭންޑާއި ރާއްޖޭގެ އާރޓިސްޓުންގެ ހުނަރު ދޭންޖެހޭ ބާޒާރެއް ނެތްކަމަށްވެސް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާރު ރާއްޖޭގައި ތިބި ހުނަރުވެރިން ސަލާންޖަހާ އާދޭސް ކުރާ ހިސާބުގައި އޮތް އޮތުމަކީ ކުރީގެ ސަރުކާރުތަކުން މިކަން ކުރިއަރުވަން މަސައްކަތ ނުކުރުމުގެ ނަތީޖާކަން މިނިސްޓަރ ފާހގަކުރެއްވިއެވެ. އަދި މިސަރުކާރުން މިހާރު މަސައްކަތްކުރައްވަމުންދަނީ ހެރިޓޭޗް މިނިސްޓްރީއާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން ދިވެހި ފަންނާނުންގެ ދާއިރާވެސް ކުރިއެރުވުމަށްކަމަށާ، ރާއްޖޭގެ ހުނަރުވެރިން ޤައުމުގައި ދަށްކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ފަންނާނުންގެ ދާއިރާ ކުރިއެރުވުމަށްޓަކައި މި ސަރުކާރުންވަނީ ޚާއްސަ މިނިސްޓްރީއެއް އުފައްދަވާފައެވެ. އަދި އެ މިނިސްޓްރީން ގެންދަވަނީ މިދާއިރާ ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ.