ކުޅިވަރު

ގްރީޒްމަންގެ ޓަރާންސްފާގެ މައްސަލާގައި ބާސެލޯނާ އެންމެ 300 ޔޫރޯއިން ޖޫރިމަނާކޮށްފި


އޮންޓުއާން ގްރީޒްމަންގެ ޓަރާންސްފާގެ މައްސަލާގައި ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ބާސެލޯނާ އެންމެ 300 ޔޫރޯއިން ޖޫރިމަނާކޮށްފިއެވެ.

އެފެޑެރޭޝަނުން ނެރުނު ބާޔާނުގައި ބުނެފައިވަނީ ބާސެލޯނާއިން ގްރިޒްމަންގެ ޓްރާންސްފާގައި އަމަލުކޮށްފައިވަނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ އުސޫލުތަކާއި ޚިލާފަށް ކަމަށާއި، ބާސެލޯނާއިން ގްރީޒްމަންއާއި ކްލަބް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާތަށް ކުރީ ކުރިން ގްރީޒްމަން ކުޅެމުން އައި ކުލަބު އެޓްލެޓިކޯ މެޑްރިޑަންގެ ހުއްދަ ނުހޯދައިކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު ބާސެލޯނާ ތިންސަތޭކަ ޔޫރޯއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި، ނަމަވެސް މިއީ ކުޅުންތެރިޔާ މެޗަކަށް ސަސްޕެންޑް ކުރަންޖެހޭވަރުގެ މައްސަލައެއް ނޫން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި އެޓްލެޓިކޯ މެޑްރިޑުންވެސް ވަނީ ގްރީޒްމަން ބާސެލޯނާއަށް ބަދަލުވި އަގާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށްފައެވެ. އެކުލަބުން ބުނެފައިވަނީ ގްރީޒްމަންއަށް ކްލަބް ބަދަކުލުވޭނީ 200 މިލިއަން ޔޫރޯއަށްކަމަށެވެ. ނަމަވެސް މިދިޔަ ޖުލައިމަހުގެ އެއްވަނަ ދުވަހު އެޓްލެޓިކޯދޫކޮށް ގްރީޒްމަން ބާސާއަށް ބަދަލުވީ 120 މިލިއަން ޔޫރޯއަށެވެ.