ޚަބަރު

ބޫޓާން މެޗް އެއްވަރުކޮށް ރާއްޖެއިން ސެމީއިން ޖާގަ ހޯދައިފި


އަށާރަ އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕްގައި ބުޓާން މެޗް އެއްވަރުކޮށް މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖޭގެ ދަތުރުކޮށްފިއެވެ.

ބުޓާން އާއި ރާއްޖެ ވާދަކުރި މެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމްއަކަށް ލަނޑެއް ނުޖެހި ދެ ޓީމް އެއް ވަރުވެގެންނެވެ. މީގެ ކުރިން 2015 ވަނަ އަހަރާއި 2017ވަނަ އަހަރު ރާއްޖެއިންވަނީ 18 އަހަރުން ދަށުގެ ސާފް ޗެންޕިއަންޝިޕް މުބާރާތުގައި ވާދަކޮށް، ގުރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗްއަކުން މޮޅުނުވެ ކަޓާފައެވެ. މިއީ ރާއްޖޭގެ ޖުނިއަރ ޓީމްއެއް ސާފް ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްއަށް ދަތުރުކުރި ފުރަތަމަ ފަހަރުއެވެ. މިމުބާރާތުގެ ސެމީއަށް ރާއްޖެ ދަތުރުކޮށްފައިވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް އެއްވަރުވެގެންނެވެ. މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެވަނީ ނޭޕާލްއާއި ވަދަކޮށް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ. ރާއްޖެ ހިމެނޭ ގުރޫޕްގެ އެއްވަނައަށް ދިޔައީ ބުޓާންއެވެ. ގުރޫޕްގެ ދެވަނައަށް ދިޔައީ ދިވެހި ރާއްޖެއެވެ.

ރާއްޖޭގައި ހުރިހަމައެކަނި ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން 18 އަހަރުން ދަށުގެ ޓީމްވަނީ މިމުބާރާތަށް ވަރަށް ރަގަނޅަށް ތައްޔާރުވެފައެވެ. މުބާރާތުގެ ކުރިން ޓީމްވަނީ ގަދަރުގައި ކޭންޕްވެސް ކޮށްފައެވެ. މުބާރާތުގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދުމާއެކު، މުބާރާތަށް ދިއުމުގެ ކުރިން ކޯޗް މުހައްމަދު ޝާޒްލީ ކަޑައެޅި ޓާގެޓް ހާސިލްވެއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ކުޅެން ޖެހޭ ޓީމެއް އެނގޭނީ މާދަމާ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިއާ އާއި ލަންކާ ބައްދަލުކުރާ މެޗަށް ފަހުއެވެ.