ސިއްހަތު

13 އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓްސް ހޯދަނީ


13 އަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ޓޫލްސް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މިމަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އެން.ސީ.ބީ އުޞޫލުގެ މަތިންކަމަށެވެ. އަދި މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް 9 އޮކްޓޫބަރު 2019 ގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، ބީލަމުގައި ބައިވެރިވުމަށް ފަސް ސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ހަތްދިހަ ހާސް ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށާއި، ބީލަން ހުޅުވުން އޮންނާނީ 10 އޮކްޓޫބަރު 2019ވާ ބުރާސްފަރި ދުވަހުކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.